logoEN
cocacola
8 އަތޮޅަކަށް ހުދު ސަމާލު!

8 އަތޮޅަކަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

8/31/2024, 8:09:04 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ. އެގޮތުން ސަމާލު ނެރެފައިވަނީ މިއަދުގެ އިރުއޮއްސި 18:00 ގެ ނިޔަލަށެވެ.

އެގޮތުން އެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކޮންކޮޅުތަކަށް އަންނަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުންނެވެ. އެގޮތުން އެންމެ މޫސުން ގޯސްކޮށް އުޅެނީ ވެރިރަށް މާލެ ސަރަހައްދަށާއި މެދު ރާއްޖެ ތެރެއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ