logoEN
cocacola
ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސް އަދި އޯ.ޑީ.އެސް ޓްރެއިނިންއެއް ބާއްވައިފި

ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސް އަދި އޯ.ޑީ.އެސް ޓްރެއިނިންއެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

9/18/2024, 5:10:11 PM

# ކަސްޓަމްސް ސާވިސަސް# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ސައިޓީސް މުއާހަދާ އަދި އޯޒޯން ޑިޕްލީޓިންގ ސަބްސްޓަންސަސް (އޯ.ޑީ.އެސް) އާ ގުޅޭ ޓްރެއިނިންގއެއް ބާއްވައިފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ވުޒާރާއިން މިއަދު ކުރިޔަށް ގެންދިޔަ މި ތަމްރީނުގައި ކަސްޓަމަސްގެ 25 އެއްހާ އޮފިސަރުން ބައިވެރިވެއެވެ. މި ޓްރެއިނިންގ އަށްފަހު ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ ގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނިޒާމްއެވެ.

މި ޓްރެއިނިންގގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމްސް އޮފިސަރުން ސައިޓީސް މުއާހަދާގެ ދަށުން ކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުވުމާއި، އޯޒޯން ޑިޕްލީޓިންގ ސަބްސްޓަންސަސް ކޮންޓްރޯލުކުރުމާއި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އަހުލުވެރިކޮށް ތަމްރީނުކުރުމެވެ.

މިހާތަނަށް ކަސްޓަމްސްއަށް އަމާޒުކޮށްގެން ސައިޓީސް އަދި އޯ.ޑީ.އެސްއާ ގުޅޭ އެތައް ޓްރެއިނިންގްއެއް ވަނީ ބާއްވާފައެވެ. އަދި މިފަދަ ޓްރެއިނިންގތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކަސްޓަމްސް އޮފިސަރުން ވަނީ ތަމްރީނުކުރެވިފައި ކަމަށް މޫސުމާއި ބެހޭ ވުޒާރާއިން ބުނެއެވެ,

މި ޓްރެއިނިންގ ޕްރޮގްރާމަކީ ދިވެހިރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ މުއާހަދާތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ