logoEN
cocacola
އުތުރުގެ ބައެއް ސަރަހައްދުތަކަށް މިރޭ ވިއްސާރަކުރުން އެކަށީގެންވޭ - މެޓް

އުތުރުގެ ބައެއް ސަރަހައްދުތަކަށް މިރޭ ވިއްސާރަކުރުން އެކަށީގެންވޭ - މެޓް

އަހުމަދު ޝުރާއު

logo

8/28/2024, 1:26:39 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ހެނދުނުގެ ނިޔަލަށް އުތުރުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުރުން އެކަށީގެންވާ ކަމަށާއި އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނުގެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ