logoEN
cocacola
ޞަފާ ގުރޫޕުން އަހަރަކު އެއް ޙާފިޒަކު ހިލޭ ޢުމްރާއަށް ގެންގޮސްދެނީ

ޞަފާ ގުރޫޕުން އަހަރަކު އެއް ޙާފިޒަކު ހިލޭ ޢުމްރާއަށް ގެންގޮސްދެނީ

އަހުމަދު ޝުރާއު

logo

8/30/2024, 4:45:20 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ޞަފާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ފަރާތުން އަހަރަކު އެއް ޙާފިޒަކު ހިލޭ ޢުމްރާއަށް ގެންގޮސްދިނުމަށް ނިންމައިފިއެވެ.

ގޮސިޔާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވަނީ ޞަފާ ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ ޗެއާމަން އުސްތާޛު އަބްދުﷲ ނަސީމް މުޙައްމަދާއި ބައްދަލުކުރައްވާ އުމްރާ ދަތުރު ސްޕޮންސަރ ކޮށްދެއްވަން ނިންމެވި ކަމަށްޓަކައި އެ ގުރޫޕުގެ ޗެއާމަނަށާއި ބޯޑު މެމްބަރުނަށް ޝުކުރު ދަންނަވާފައެވެ.

ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ވަނީ އިފްތިތާޙްކޮށްފައެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރުވަނީ މި ދަތުރުތަކަށް ދީލަތި ފަރާތްތަކުން ސްޕޮންސަރ ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ހާމަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ