
ލޭނު މަސްވެރިކަން ހުައްދަނުކުރަން ރައީސް ނިންމެވި ނިންމުމަށް ނަޝީދުގެ މަރުހަބާ!
# ރައީސް މުހައްމަދު ނަޝީދު# ރައީސް މުއިއްޒު--
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ކެބިނެޓުން ނިންމި ނިންމުމަށް އަމަލުނުކޮށް އެކަމަށް ހުއްދަނުދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލޭނު މަސްވެރިކަމަށް ހުއްދަދޭން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރީ މިއަދު މެންދުރު އެވެ.
މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ރާއްޖޭގައި ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ ޕްލޭން އުވާލަން ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުން ކަމަށާއި އެކަމަށް ރައީސްއަށް މަރުހަބާ ދަންނަވާ ކަމަށެވެ. މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ބްރޭންޑާއި، ރާއްޖޭގެ މަސްވެރިކަމުގައި ދުނިޔޭގެ އަގު ހިފެހެއްޓޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ ވަކި ވަކިން ކޮންމެ މަހެއް ބާނައިގެން ކުރާ ދިވެހި މަސްވެރިކަމަކީ ދުނިޔޭގައި ވެސް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތުން، ބޮޑެތި ފެކްޓްރީ ބޯޓުތައް ބޭނުންކޮށްގެން ކަނޑުން ދަތުރުކުރާ ކޮންމެ އެއްޗެއް ބާނާ ކަން ފާހަހަކުރައްވާ ނަޝީދު ވިދާޅުވީ މިފަދައިން މިކަން ކުރަމުންވެސް އެފަރާތްތަކުން ދިވެހި މަސްތަކުން ޑިއުޓީ ނަގަމުންދާ ކަމަށާއި އެކަމަކީ ބަދަލު ވާނެ ޖެހޭ ކަމަށެވެ.
ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ރައީސް ބައްދަލުކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައި ދެވޭނެ ގޮތަށް ކަމަށެވެ.
ގުޅުންހުރި

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް ރައީސް ޒިޔާރާތްކުރައްވައިފި

"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެގޮތުގައި ކަނޑައަޅައިފި
