logoEN
cocacola
އެމްޕީއެލް ބަލިކޮށް އިމިގްރޭޝަން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

އެމްޕީއެލް ބަލިކޮށް އިމިގްރޭޝަން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

8/30/2024, 3:30:00 PM

# ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # އަންހެން ފުރަތަމަ ޑިވިޝަން

އެމްޕީއެލް އައީ އިމިގްރޭޝަން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން މިރޭ އެމްޕީއެލް އާއި އިމިގްރޭޝަން ވާދަކުރި މެޗު 23-32 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިމިގްރޭޝަނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތިގައި އެމްޕީއެލް ކުޅުނު ފުރަތަމަ މެޗުގައި 26-20 ގެ ނަތީޖާއަކުން ވެމްކޯ އަތުން އެޓީމު މޮލުވިއިރު، ދެވަނަ މެޗުގައި އެމްޑަބުލިޔުއެސްސީ އަތުން އެޓީމު މޮޅުވީ 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިމިގްރޭޝަނުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 07-16 ގެ ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރުން 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޕީއެލް އިން ވެސް ވަނީ 16 ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އިމިގްރޭޝަންގެ އާމިނަތު އިސްރާއު އަބްދުއް ޝުކޫރު 12 ލަނޑު ކާމިޔާބުކުރިއިރު، ފާތުމަތު އަރުޝާ އަދި އައިޝަތު ރީމާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ފާރުމަތު ޝިފާ ފަސް ލަނޑު ކާމިޔާބުކުރިއިރު، ފާތުމަތު ރިޝްމާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އެމްޕީއެލްގެ ޒުހާ ހުސެއިން އަށް ލަނޑު ކާމިޔާބުކުރިއިރު، ޚަދީޖާ އަހުމަދު ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފާތުމަތު އުސާމާ އަދި ފާތުމަތު ނުއިޝާ މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބުކުރިއިރު، މަރިޔަމް ނިޔާޝާ ދެ ލަނޑު އަދި އައިޝަތު ސަލީމާ ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އިސްރާއު އަބްދުއް ޝުކޫރު އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން އިމިގްރޭޝަނަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްޕީއެލް ކުޅުނު ތިން މެޗުން އެޓީމަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ