logoEN
cocacola
ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީ އާއި އެމްއެންޔޫ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮއްފި

ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީ އާއި އެމްއެންޔޫ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮއްފި

އަހުމަދު ޝުރާއު

logo

8/29/2024, 6:41:44 AM

# އެމްއެންޔޫ# ޗައިނާ - ރާއްޖެ

--

ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީގެ އިސްބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއްބާއްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުވުމުގެ މަޤްސަދަކީ ދެފަރާތުން ގުޅިގެން މަތީ ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، އެކްސްޗޭންޖް ޕްރޮގްރާމްތަށް ފަދަ ތަފާތު އެކި ޕްރޮގަރާމްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޢުލުމާތު ހިއްސާކުރެވިފައިވެއެވެ.

ޓިއަންޖިން ޔުނިވާސިޓީއަކީ 1895 ވަނަ އަހަރުން ފެށިގެން ޗައިނާގައި މަތީ ތަޢުލީމު ފޯރުކޮއްދެމުން އަންނަ އެންމެ ދުވަސްވީ ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީގައި، އޭރޯ އިންޖީނިއަރިންގ އަދި ހައިޑަރައުލިކްސް ފަދަ ތަފާތު އެކި ދާއިރާތަކުން ތަމްރީނުތަކާއި ދިރާސާތަށް ކުރިއަށް ގެންދެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓި(އެމްއެންޔޫ)އަކީ ޓިއަންޖިން ޔުނިވާސިޓީ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރާފައިވާ ޔުނިވާސިޓީތަކާއި އެކި މުއައްސަސާތަކާއި ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް އެތަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ