logoEN
cocacola
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ބޮޑު ގަތުލުއާންމުއެއް ހިންގަނީ, މިހާތަނަށް ފަލަސްތީނުގެ 9 މީހަކު ޝަހީދުކޮށްލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ބޮޑު ގަތުލުއާންމުއެއް ހިންގަނީ, މިހާތަނަށް ފަލަސްތީނުގެ 9 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

8/28/2024, 1:16:32 PM

# ހުޅަނގު އައްސޭރި

-

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން "ރެއިޑް"އެއްގެ ނަމުގައި ބޮޑު ގަތުލުއާންމުއެއް ހިންގަމުންދާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އަލްޖަޒީރާއިން އެސަރަހައްދުގެ ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުކުރާގޮތުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަހައްދުގައި އެއްގަމުމަގުންނާއި ވައިގެމަގުން ހަމަލާތަކެއް ދިނުމުން ފަލަސްތީނުގެ ނުވަ މީހަކު މިވަގުތާއި ހަމައަށް ވަނީ ޝަހީދުވެފައި އެވެ.

ރެއިޑެއްގެ ނަމުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުދަ ދުވަހުގެ ފަތިހު ފެށި މި ހަމަލާގައި ހަނގުރާމަމަތީ މަތިންދާ ބޯޓާއި ޑްރޯން އަދި ބުލްޑޯޒަރުންގެ އެހީގައި އެތައް ސަތޭކަ އެއްގަމު ސިފައިން އަންނަނީ އެއްފަހަރާ ތިން ސަރަހައްދެއް ކަމަށްވާ ޖެނިން، ތުލްކަރެމް އަދި ޓޫބާސް ގެ އާންމުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިއީ މިފަހުގެ ތާރީހެއްގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ސިފައިން ހިންގަމުން އަންނަ އެންމެ ބޮޑު އަަދި އެންމެ އަނިޔާވެރި އެއް އޮަޕަރޭޝަނެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަލްޖަޒީރާއަށް ވިދާޅުވީ ތޫބާސްގެ ފަރާ ރެފިއުޖީ ކޭމްޕުގައި އިޒްރޭލު ސިފައިން ހަތަރު މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. ރެޑް ކްރެސެންޓުން ބުނީ ޒަހަމްވި މީހުންނާ ހަމައަށް ދިއުމުގައި އެ ގައުމުގެ ޓީމުތަކަށް ދަތިތަކެއް ދިމާވަނީ އިޒްރޭލު ސިފައިން އެމްބިއުލާންސްތައް އެ ސަރަހައްދަށް ވަނުމަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖެނިންގައި ދެ މީހަކު ޝަހީދުވެފައިވާއިރު، އިޒްރޭލުގެ ޑްރޯނެއް ކައިރީގައި އޮންނަ ސެއިރު އަވަށުގައި އެމީހުންގެ ވެހިކަލަށް ދިން ހަމަލާއެއްގައި އިތުރު ތިން މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގެ ނަބްލޫސް އިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ނިދާ އިބްރާހިމް ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުގެ އުތުރުގައި ހިންގި އޮޕަރޭޝަނަކީ 2002 ވަނަ އަހަރަށް ފަހު ހިންގި މިފަދަ އެންމެ ބޮޑު އޮޕަރޭޝަންގެ ގޮތުގައި އިސްރާއީލު ސިފައިން ސިފަކޮށްފައިވާ ކަމަށެވެ.

އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަހައްދުތަކުގައި ފަލަސްތީނުގެ 80،000 މީހުން އެބަތިއްބެވެ.

އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަންތަކުގެ އަދަދު ތިން ގުނަ އިތުރުވެފައިވާކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ