logoEN
cocacola
މަރާމާތަށް ބަންދުކޮށްފައި ހުރި އީދު މިސްކިތުން ވައްކަންކޮށްފި

މަރާމާތަށް ބަންދުކޮށްފައި ހުރި އީދު މިސްކިތުން ވައްކަންކޮށްފި

އަހުމަދު ޝުރާއު

logo

8/28/2024, 7:35:39 AM

# މާލެ ސިޓީ ކައުންސިލް# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލެ އީދު މިސްކިތް މަރާމަތަށް ބަންދުކޮށްފައި ވަނިކޮށް ވައްކަން ކޮށްފިއެވެ.

ގޮސިޔާ

މާލެ ސިޓީ ކައުންސިލުން ބުނީ އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭ 6:00 އާއި 22:00 އާއި ދެމެދު ވަގުތެއްގައި މިސްކިތުން ވައްކަން ކޮށްފައި ވާކަމަށެވެ.

މިސްކިތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއާއިއެކު މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

View post on Twitter

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި އެމައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސ އީދު މިސްކިތުން ވައްކަންކުރާ މައްސަލަ ފެންމަތިވެފައި ވާއިރު މިދިޔަ ޖޫން މަހު އެކަނިވެސް އެ މިސްކިތުން 11 ފަންކާ ވަގަށް ނަގާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ