
--
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް އެގައުމުގެ ކުރީގެ ރަސްގެފާނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މުހްޔިއްދީން އަންގާރަ ދުވަހުގެ ހެނދުނު އުތުރުއިރުމަތީގެ އަވަށެއް ކަމަށްވާ ގުއާ މުސަންގްގެ ކޯޓަށް ހާޒިރުވެ، ވަނީ ކޮށްފައިވާ ދައުވާއަށް އިއުތިރާފުވެފައި އެވެ. އެގޮތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ރަސްކަމާއި ގުޅޭގޮތުން ދެއްކި ވާޙަކަތަކާއި ގުޅިގެން ރަސްކަމަށް ފުރައްސާރަކުރި ކަމުގެ ތުހުމަތެވެ.
މި ދައުވާއަކީ އޭނާގެ ކޮންޒަވޭޓިވް ޕެރިކަޓަން ނޭޝަނަލް ކޯލިޝަނަށް ސްޓޭޓް އިންތިހާބެއްގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރި ދައުވާތަކެއް ކަމަށް އެގައުމުގެ ރިޕޯޓުތައް ބުނެއެވެ. އެގޮތުން މުހްޔިއްދީން ފާޑުވިދާޅުވީ އެގައުމުގެ ކުރީގެ ރަސްގެފާނު ސުލްޠާން ޢަބްދުالله ސުލްޠާން އަޙްމަދު ޝާހު އަށެވެ.
އެގޮތުން މުހްޔިއްދީން އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދެއްކެވި ވާހަކަތަކުގައި ރަސްގެފާނު ސުލްޠާން ޢަބްދުالله ސުލްޠާން އަޙްމަދު ޝާހުގެ މައްޗަށް ވަނީ ސިޔާސީ ތުހުމަތުތަކެއް ކުރައްވާފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
މުހްޔިއްދީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މެލޭޝިއާގައި ތަފާތު ރޮޓޭޝަނަލް ރަސްކަމެއް އޮންނައިރު، ޕެނިންސިއުލާގެ ނުވަ ސްޓޭޓްގެ ތެރެއިން ކޮންމެ ސްޓޭޓެއްގެ ސުލްޠާނުން ފަސް އަހަރު ވަންދެން އެ ޤައުމުގެ ރަސްކަމާއި ހަވާލުވެއެވެ.