logoEN
cocacola
ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

8/27/2024, 6:37:20 AM

# ބީއެމްއެލް

--

ގައުމީ ބޭންކު, ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި އެވެ.

ގޮސިޔާ

އައިޝަތު ނޫރައްދީނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނޫރައްދީން އިސްތިއުފާ ދެއްވި އިރު ހުންނެވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޮގަސްޓް 31، 2020 ގައި ބޯޑަށް އައްޔަން ކުރި އައިޝަތު ނޫރައްދީން ކުރެއްވި އަގު ހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ. އައިޝަތު ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގަ އެވެ.

އައިޝަތު އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ ބޯޑުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިދިޔަ ބުރާސްފަތީގައި ހާމަކޮށްފައި ވަނިކޮށެވެ. ނަމަވެސް ބީއެމްއެލްގެ ބޯޑުން ޑިރެކްޓަރުން ވަކިކުރުމުގެ ބާރު ޕީސީބީއަށް ލިބިގެން ނުވެއެވެ. ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ