logoEN
cocacola
ބޭންކުން ކަންކުރީ ސަރުކާރުން ލަފާދިން ގޮތަކަށެއް ނޫން - ސަރުކާރު

ބޭންކުން ކަންކުރީ ސަރުކާރުން ލަފާދިން ގޮތަކަށެއް ނޫން - ސަރުކާރު

އަހުމަދު ޝުރާއު

logo

8/25/2024, 12:40:15 PM

# ބީއެމްއެލް

--

ބީއެމްއެލުން ކާޑު ލިމިޓް އުވާލުމުގެ ނިންމުން ނިންމާފައިވަނީ ސަރުކާރުން ލަފާދިން ގޮތަކަށް ނޫން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ވަޒީރުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް އެވެ.

އެގޮތުން ބޭންކުން ނިންމި ނިންމުން ނިންމުމުގެ ކުރިން ސަރުކާރަށް އެކަމުގެ މައުލޫމާތު ލިބިފައިވޭތޯ ނޫސްވެރން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިފަދަ ނިންމުމެއްގެ މަޝްވަރާތައް ސަރުކާރާއި ބީއެމްއެލްއާއި ދެމެދު ވަނީ ކުރިޔަށް ގޮސްފައިވާ ކަމަށާއި އެމަޝްވަރާތައް ކުރިޔަށް ދިޔައީ ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުގެ ތެރެއިން ކަމަށެވެ.

ނަމަވެސް މިއަދު ބީއެމްއެލްގެ ނިންމުން އައީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އެކު ކުރިޔަށްދިޔަ މަޝްވަރާތަކުގައި ލަފާދިން ގޮތްތަކާއި ހިލާފަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން ބުނީ ބީއެމްއެލްގެ ނިންމުމާއި އެކު މިއަދު ބީއެމްއެލްގެ އިސްވެރިންނާއި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމްއެމްއޭ ގަވަރުނަރާއި ފިނޭންސް މިނިސްޓަރުވެސް ބައްދަލުކުރައްވާފައިވާ ކަމަށާއި ބީއެމްއެލްގެ ނިންމުން އަނބުރާ ގެންދިޔުމަށް ނިންމާފައިވަނީ މަޝްވާރަތަކަށް ފަހުގައި ކަމަށެވެ.

އެގޮތުން މިހާރު ބީއެމްއެލްއާއި އެކު ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގޮތްތަކެއް ނިންމަމުން އަންނަ ކަމަށާއި މި ހާލަތުގައި ބީއެމްއެލްއިން ބޭނުންވާ ފުރިހަމަ އެހީތެރިކަން ސަރުކާރާއި މަރުކަޒީ ބޭންކު އެމްއެމްއޭއިން ދޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ