logoEN
Sto top
ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމަށްޓަކައި ޕީއެސްއެމްއާއިއެކު ސޮއިކޮށްފި

ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމަށްޓަކައި ޕީއެސްއެމްއާއިއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/7/2025, 2:35:40 PM

# ޕީއެސްއެމް

--

"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

މި ފަހުމުނާމާގެ ދަށުން ގާއިމް ކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ހިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތްފޯރުކޮށްދެވޭނީ މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ގުޅިގެން ވުޒާރައިގެ ބައިވެރިވުން އޮންނަ ގޮތަށެވެ.

ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC