
މެލޭޝިއާގެ މަސްޖިދު އިންޑިއާ ސަރަހައްދުގައި ކުއްލިއަކަށް ބިންގަނޑު ގަނބައިގަނެ އަންހެނަކު ބިމުގެ އަޑިޔަށް!
# މެލޭޝިޔާ--
މެެލޭޝިއާގެ ވިޔާފާރީގެ މައި ސަރަހައްދެއް ކަމަށްވާ މަސްޖިދު އިންޑިއާ ސަރަހައްދުގައި ބިންގަނޑު ގަނބައިގަނެ އަންހެނަކު ވެއްޓުމާއި ގުޅިގެން އޭނާ ހޯދާއި ސަލާމަތްތްކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ޚާއްސަ އޮަޕަރޭޝަނެއް ފަށައިފި އެވެ.

މަސްޖިދު އިންޑީއާއަކީ ވެރިރަށް ކުއަލަމްޕޫރުގައި އެންމެ ވިޔަފާރި ރަނގަޅު އެއް ސަރަހައްދެވެ. އެގޮތުން އެސަރަހައްދު މަޝްހޫރުވެފައި އޮންނަނީ ބުރުގާއާއި ޝޯލް ހޯލްސޭލްކޮށް ގަންނަން ލިބޭ ސަރަހައްދެއް ގޮތުގައި އެވެ.
އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު ޖަލާން މަސްޖިދު އިންޑިއާ ސަރަހައްދުގައި ކުއްލިއަކަށް އުފެދުނު ވަޅުގަނޑެއްގެ ތެރެއަށް 48 އަހަރުގެ އަންހެނަކު ވެއްޓި އެމީހާ ވަނީ ވަޅުގަނޑުގެ ވަރަށް އަޑިޔަށް ގޮސްފައި އެވެ. އެގޮތުން ކުއްލި އަކަށް އުފެދުނު މި ވަޅުގަނޑުގައި ގާތްގަނޑަކަށް 8 މީޓަރު ހުންނާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައި އެވެ.
މި ހާދިސާ ހިނގީ އަންހެން މީހާ އެސަރަހައްދުން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ބިންގަނޑު ގަނބައިގަނެގެންނެވެ. އެވަޅުގަނޑު ތެރެއަށް ވެއްޓުނީ އިންޑިއާ ރައްޔިތެކެވެ.
ކުއާލަލަމްޕޫރު ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ އޮޕަރޭޝަން ރޫމަށް ޑިސްޓްމި ހާދިސާގެ ޑިސްޓްރެސް ކޯލު ލިބިފައިވަނީ ހެނދުނު 8:20 ހާއިރުއެވެ. މިއާއި އެކު ޚާއްސަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކަށް ދެ ފަޔަރ ސްޓޭޝަނެއްގެ 15 ވަރަކަށް ފަޔަރމަނުން ވަނީ އެސަރަހައްދަށް ފޮނުވާފައެވެ.