logoEN
cocacola
ބަންކަރިން ހިދުމަތަށް އެމްޕީއެލް އާއި އެސްޓީއޯ އެއްބަސްވުމަކަށް!

ބަންކަރިން ހިދުމަތަށް އެމްޕީއެލް އާއި އެސްޓީއޯ އެއްބަސްވުމަކަށް!

އަހުމަދު ޝުރާއު

logo

8/22/2024, 3:46:07 PM

# އެމްޕީއެލް# އެސްޓީއޯ

--

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލް އާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގޮސިޔާ

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެސްޓީއޯ އިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭއިރު މިއެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފޯރުކޮށްދެނީ އެ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކެވެ. އަދި ދަށުން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ ކަމަށް ދެކުންފުނިން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ، އެމްޕީއެލުން ފޯރުކޮށްދޭނީ ފެނާއި އެހެނިހެން ތަކެތި ކަމަށެވެ. އަދި ބަންކަރިން ޚިދުމަތަށް ބޭނުންވާ އެއްބާޖު މިމަހު އަންނައިރު، އަނެއް ބާޖު އަންނަ ސެޕްޓެމްބަރު މަހު އަންނާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހް އިތުރަށް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރުވެސް އެއްވެސް ވަރަކަށް މާކެޓު ނުކުރެވި މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދުން ފެނުގެ ޚިދުމަތް ހޯދުމަށް އެދޭ ކަމަށާއި އެހެންކަމުން ތެލާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި އަމާޒަކީ އިހަވަންދިއްޕޮޅުގައި ރަނގަޅު ސްޓޯރޭޖެއް ޤާއިމުކުރުމެވެ. އަދި މިވަގުތު ޚިދުމަތް ދެ ބާޖުން ފަށަން ނިންމާފައިވާއިރު ބަންކަރިން ހިދުމަތް ފަށަނީ އޮފްޝޯކޮށް، ފްލޯޓިން ބަނދަރެއްގެ ގޮތުގައި ކަމަށާއި ކޮންމެ ބާޖެއްގައި 4،000 ޓަނުގެ ކެޕޭސިޓީއެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ހިންގާލެވިއްޖެނަމަ އޭގެން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ