logoEN
cocacola
ތިނަދޫ ސިޓީގައި ޢިމާރާތްކުރާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަން އަންނަ މަހު 1 ގައި ހުޅުވާލަނީ

ތިނަދޫ ސިޓީގައި ޢިމާރާތްކުރާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަން އަންނަ މަހު 1 ގައި ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

8/22/2024, 9:52:29 AM

# ތިނަދޫ ސިޓީ

--

ތިނަދޫ ސިޓީގައި ޢިމާރާތްކުރާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަން އަންނަ މަހު ހުޅުވާލާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ގޮސިޔާ

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލާއި، ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، ތިނަދޫ ސިޓީގައި ސަރުކާރުން ޢިމާރާތް ކުރަމުންދާ 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މި ހައުސިންގ ޔުނިޓުތައް ދޫކުރަން ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީއަށް ޙިޖުރަކުރަން ބޭނުންވާ އެހެނިހެން ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށްގެންކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައި އެވެ.

އެގޮތުން 200 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާއި، ފޯމް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު 01 ސެޕްޓެމްބަރ 2024 އިން ފެށިގެން ހުޅުވާލެވޭނޭކަމަށް އެއިއުލާނުގައި ވަނީ ބުނެފައި އެވެ.

ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރަން 253.9 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއަކާއި އެވެ. މި މަޝްރޫއުގައި ތިނަދޫގައި އިމާރާތް ކުރާނީ 700 އަކަފޫޓުގެ ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާ ގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ކުރީ ސަރުކާރުން 2022 ވަނަ އަހަރު އެވެ. މި މަސައްކަތް ކުރަމުންދަނީ ތިނަދޫގައި އަލަށް ހިއްކި ބިމުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ