logoEN
cocacola
ހުޅުވިތާ ދެދުވަސް ނުވަނީސް ތިނަދޫ ސާފް ހަޓަށް ބަޔަކު ގެއްލުންދީފި, މައްސަލަ ފުލުހަށް!

ހުޅުވިތާ ދެދުވަސް ނުވަނީސް ތިނަދޫ ސާފް ހަޓަށް ބަޔަކު ގެއްލުންދީފި, މައްސަލަ ފުލުހަށް!

އަހުމަދު ޝުރާއު

logo

9/8/2024, 3:09:40 PM

# ތިނަދޫ ސިޓީ# ހުވަދޫ ރެކްރިއޭޝަން

--

ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ހުވަދޫ ރެކްރިއޭޝަނުން ތިނަދޫ ދެކުނު ފަރާތުގައި ތަރައްޤީކުރި ސާރފް ހަޓަށް ބަޔަކު ގެއްލުންދީފި އެވެ.

ގޮސިޔާ

ޔޫތު މިނިސްޓްރީން ދިން ގްރާންޓެއްގެ އެހީގައި ތަރައްޤީކޮށް މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވި މި ހަޓަށް ގެއްލުންދީފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން މިތަނަށް ބަޔަކު ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް ހުވަދޫ ރެކްރިއޭޝަނުން ވަނީ މިއަދު ފޭސްބުކުގައި ހިއްސާކޮަށްފައެވެ. އެގޮތުން އެވީޑޯއިން ފެންނަ ގޮތުގައި ސާފް ހަޓުގައި ހުރި ބޮކިތަކަކަށް ބަޔަކު ގަސްދުގައި ގެއްލުން ދޭ މަންޒަރު ވަނީ ފެނިގެން ދެއެވެ.

ހުވަދޫ ރެކްރިއޭޝަނުން ވަނީ މުޖުތަމަޢުގެ އެންމެންގެ ހިތްހަމަޖެހުމަށް، ހެދިފައި ހުންނަ ދިވެހި ދައުލަތުގެ އެފަދަ ތަންތަނަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ބުނެފައި އެވެ. އަދި މިފަދަ ނާތަހުޒީބު އަމަލު ހިންގާފައިވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް އެޖަމިއްޔާއިން ވަނި ގޮވާލާފައި އެވެ.

މިކަމާއި ގުޅިގެން ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ކުރެއްވި ޕޯސްޓެއްގައި ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަން ހާމަކުރައްވާފައި އެވެ.

މި ސާފް ހަޓަކީ މިދިޔަ އަހަރު ޔޫތު މިނިސްޓްރީން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ދިން ގްރާންޓުގެ ދަށުން ހުވަދޫ ރެކްރިއޭޝަނަށް އެވޯޑްކުރި ގްރާންޓުން ތަރައްޤީ ކުރި ސާފް ހަޓެކެވެ. ހުވަދޫ ރެކްރިއޭޝަނަށް ގްރާންޓް ދީފައިވަނީ ގދ ތިނަދޫގައި ގައި ސަރފިން ޕޮއިންޓު ހަޓެއް ހެދުމަށާއި ޓްރެއިނިން ޕްރޮގްރާމް ހިންގުމަށެވެ.

ޔޫތު މިނިސްޓްރީއިން ވަނީ މި މަސައްކަތަށް ހުވަދޫ ރެކްރިއޭޝަނަށް 245،000 (ދެ ލައްކަ ސާޅީސް ފަސް ހާސް) ރުފިޔާގެ ގްރާންޓެއް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ