logoEN
cocacola
އިއްޔެ ކުޅުދުއްފުއްޓަށް 118 މިލިމީޓަރުގެ ވާރޭވެހުނު!

އިއްޔެ ކުޅުދުއްފުއްޓަށް 118 މިލިމީޓަރުގެ ވާރޭވެހުނު!

އަހުމަދު ޝުރާއު

logo

8/21/2024, 10:51:32 AM

# މޫސުމީ ވިއްސާރަ 2024

--

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހަމައެކަނި ސިޓީ ކަމަށްވާ ކުޅުދުއްފުށީ ސިޓީއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ގޮސިޔާ

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި ކުޅުދުއްފުށްޓަށް އިއްޔެ 118.9 މިލިލީޓަރުގެ ވާރޭވެހިފައި ވެއެވެ. އެގޮތުން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރޭ ވަނީ ކުޅުދުއްފުށި ސިޓީ ހިމެނޭހެން ތިން އަތޮޅަކަށް އޮރެންޖު އިންޒާރުވެސް ނެރެފައި އެވެ.

އިއްޔެ ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ މަކުނުދޫ އަށެވެ. އެގޮތުން އެރަށަށް އިއްޔެ 91.0 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.

މީގެ އިތުރުން އިއްޔެ އއ ތޮއްޑޫއަށް 74.7 މިލިމީޓަރުގެ ވާރޭވެހުމު ކަމަށް ރެކޯޑުކުރެވުނު އިރު ކ ކާށިދޫއަށް 73.9 މިލިމީޓަރުގެ ވާރޭ ވެހިފައވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ މިހާރު ފާއިތުވި ހަފްތާއާއި އެކު މިހާތަނަށް މޫސުމީ ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހެމުން އަންނަ ހއ ކެލާއަށެވެ. ކެލާއަށް އިއްޔެ 67.8 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

މޫސުން އިއްޔެ ވަރަށް ބޮޑަށް ގޯސްކޮށް އުޅުނު ނަމަވެސް މިއަދުން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ