logoEN
Sto top
2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

އަހުމަދު ޝުރާއު

logo

5/6/2025, 8:37:46 AM

# އިސްލާމިކް މިނިސްޓްރީ

--

2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފިއެވެ.

Wamco

ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ.

ޚުޠުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ވަނީ ފަށާފައެވެ.

މީގެ އިތުރުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަންވެސް މިއަދު އަހަރު ވަނީ ފަށާފައި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހުތުބާގެ އިނގިރޭސި ތަރުޖަމާތައް އާންމުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއު ވަޒިރު ހަވާލުވެވަޑައިގެންނެވި ފަހުން ހުކުރު ހުތުބާގެ ފެންވަރު ރަނގަޅުކުރުމަށް އެތައް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި އިމާމު މީހާ ފެންނާނެހެން ޑިޖިޓަލް ސްކްރީން ހަރުކޮށްފައިވެއެވެ.

އިނގިރޭސި ތަރުޖަމާ ފޮތް: Sermon Book 2024 (English) |

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside