logoEN
cocacola
މޫސުން އިތުރަށް ގޯސްވެ ފެންބޮޑުވާނެ ކަމަށް ލަފާކޮށް އުތުރުގެ ތިން އަތޮޅަށް އޮރެންޖު އިންޒާރު!

މޫސުން އިތުރަށް ގޯސްވެ ފެންބޮޑުވާނެ ކަމަށް ލަފާކޮށް އުތުރުގެ ތިން އަތޮޅަށް އޮރެންޖު އިންޒާރު!

އަހުމަދު ޝުރާއު

logo

8/20/2024, 3:28:10 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން އިތުރަށް ގޯސްވެ ފެންބޮޑުވާނެ ކަމަށް ލަފާކޮށް އުތުރުގެ ތިން އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި އެވެ.

ގޮސިޔާ

މޫސުމާބޭހޭ ގައުމީ އިދާރާއިން އޮރެންޖް އިންޒާރު ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ށ އަތޮޅާއި ހަމައަށެވެ. އެގޮތުން އިންޒާރު ނެރެފައިވަނީ މިރޭގެ 22:30 ގެ ނިޔަލަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޮރެންޖު އިންޒާރު ނެރެފައިވާއިރު މީގެ އިރުކޮޅެއް ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެސަރަހައްދުވެސް ހިމެނޭގޮތަށް ބ އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެެ. ނަމަވެސް ރީނދޫ ސަމާލު އޮރެންޖު އިންޒާރަށް ބަދަލުކޮށްފައިވަނީ ހއ,ހދ އަދި ށ އަށް އެކަންޏެވެެ. އެހެން ސަރަހައްދުތައް އަދިވެސް އޮތީ ރީނދޫ ސަމާލުގައި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ