logoEN
cocacola
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

8/20/2024, 3:13:22 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް މިރޭ 01:00 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ, ރާއްޖެ ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރެއް ކަމުން, ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ