logoEN
cocacola
މިއަހަރުގެ ގައުމީ ދުވަސް ށ އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ފާހަގަކުރަނީ

މިއަހަރުގެ ގައުމީ ދުވަސް ށ އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ފާހަގަކުރަނީ

އަހުމަދު ޝުރާއު

logo

8/20/2024, 2:43:11 PM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ# ށ އަތޮޅު

--

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން 1446 ވަނަ އަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރަން ނިންމައިފިއެވެ.

ގޮސިޔާ

މި ކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ށ އަތޮޅު ކައުންސިލުން މިއަދު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލު ކުރައްވާފައެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި ވަޒީރުގެ އިތުރުން މި ވުޒާރާގެ ބައެއް އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ށ އަތޮޅު ކައުންސިލްގެ އިދާރާއިން ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމާއި ކައުންސިލްގެ ބައެއް އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ށ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ޢާއްމުކޮށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި ވަނީ ށ. މާއުނގޫދޫއިން ކަމަށެވެ. އެހެންކަމުން، އަތޮޅު ކައުންސިލްގެ ފަރާތުން ޤައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާއުނގޫދޫގައިކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އެ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ވަޒީރާ ހިއްސާ ކުރެއްވިއެވެ.

View post on Twitter

ދުވަހުގެ ހަރަކާތްތަކާ މައުލޫމާތު އިތުރަށް ހިއްސާ ކުރައްވަމުން އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކަށް ދަޢުވަތު އަރުވާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ވަނީ 1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގައި ބާއްވާ ޖަލްސާއަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވެސް ދަޢުވަތު އަރުވާފައެވެ. އަދި ވަޒީރު ވަނީ ދަޢުވަތު ޤަބޫލު ކުރައްވައި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ށ. މާއުނގޫދޫގައި ބާއްވާ ޖަލްސާގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި ދިވެހި ކެއުންތައް ހިމެނޭ ޖާފަތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހއ. އުތީމުގައި ވެސް ޤައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ