
މިނިސްޓަރު ޒަމީރު ސައުދީ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ބައްދަލުކުރައްވައިފި
# ރާއްޖެ-ސައުދީ# ފޮރިން މިނިސްޓްރީ--
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާގެ މަރުކަޒީގެ ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރު ޒަމީރު ސައުދީއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެެރެއިން މިއަދު ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަނަ ސައުދީ ސެންޓްރަލް ބޭންކުގެ މައި އޮފީހުގައި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ހާލަތާއި ގުޅޭ މައުލޫމާތު ގަވަރުނަރާއި ހިއްސާކުރެއްވި ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނައާތާއި ގުޅޭ މައުލޫމާތުތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަށްވެސް އެމަނިކުފާނާއި ހިއްސާކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަޙުމަދު ފަޒީލްގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު މުނައްވަރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހުނު ނަމަވެސް ފަހުން މި ދަތުރުފުޅުގައި މުނައްވަރު ބައިވެރިވެވަޑައިނުގަންވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި

ދިފާއީ ދާއިރާއިން ގުޅުން ހަރުދަނާ ކުރަން ރާއްޖެއާއި ސައުދީން މަޝްވަރާކޮށްފި
.jpg&w=3840&q=75)
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އިސްތިއުފާ ދެއްވި ދެ ވަޒީރުންނާއި ދިޔާނާ!

ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި
.jpg&w=3840&q=75)



