logoEN
cocacola
އުތުރާއި މެދުރާއްޖެތެރެ މިރޭވެސް ހުދު ސަމާލުގައި!

އުތުރާއި މެދުރާއްޖެތެރެ މިރޭވެސް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

8/20/2024, 2:20:01 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ, ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށް މިރޭގެ 23:00 ގެ ނިޔަލަށެވެ.

މި މުއްދަތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއާށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު މި ހަފްތާގައި ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ