logoEN
Sto top
މަސްތުވާތަކެތީގެ މައްސަލައެއްގައި ކާށިދޫ މިސްކިތު އިމާމު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކާށިދޫ މިސްކިތު އިމާމު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

8/19/2024, 4:27:27 PM

# މަސްތުވާތަކެތި މައްސަލަ

--

މަސްތުވާތަކެތީގެ މައްސަލައެއްގައި ކ ކާށިދޫ މިސްކިތުގެ އިމާމު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ ކ ކާށިދޫ މިސްކިތު އިމާމު މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކުރި މީހާގެ ވަނަވަރާއި ފޮޓޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އެރަށު ޝަބްނަމްގެ އުމުރުން 37 އަހަރުގެ ޣާނިމް ސަލީމްއެވެ.

ފުލުހުން މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައި ނުވާއިރު މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC