logoEN
Sto top
ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

12/25/2024, 9:45:35 AM

# މަސްތުވާތަކެތި މައްސަލަ

--

ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވޭމަންޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ.މުރައިދޫ / ވެނީލާގެ މުޙައްމަދު ޝަރީފް (44އ) އެވެ.

ފުލުހުން ބުނީ މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މުޙައްމަދު ޝަރީފް ހައްޔަރުކޮށްފައިވަނީ، މާލެއިން ފުރައިގެން ތ. އަތޮޅަށް އައި މުދާއުފުލާ ބޯޓެއް ވޭމަންޑޫއަށް ކައިރިކުރުމުން އޭނާ ހުއްޓަވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނުމާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 11 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC