
އެސްއެމްއީ ހަބުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި
# އެސްއެމްއީ--
ކުދި ވިޔަފާރިތަށް ކުރިއަރުވައި އެފަރާތްތަކުގެ މުދާތައް ވިއްކުމަށް ސަރުކާރުން ތަރައްޤީކޮށްފައިވާ އެސްއެމްއީ ހަބުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެސް.އެމް.އީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެތަނަށް ބަލާފާސްކުރުމުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް އަތުލައިގަނެވުނު މީހުން ޑީޕޯޓްކުރުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.





