logoEN
cocacola
އެސްއެމްއީ ލޯންތަކަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލަނީ

އެސްއެމްއީ ލޯންތަކަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލަނީ

އަލްފާ އަލީ

logo

4/9/2022, 11:15:44 PM

# އެސްއެމްއީ# އެސްޑީއެފްސީ

e2O1Eoe2IXnHevqfsi3K

އެސްޑީއެފްސީ އިން ދޫކުރާ އެސްއެމްއީ ލޯންތަކަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ.

ގޮސިޔާ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބުނީ، ދަނޑުވެރިކަމަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދޫކުރާ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

ދަނޑުވެރި ނަފާގެ ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެކެވެ. އަދި ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާ ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ދޭ ލޯނެކެވެ.

View post on Twitter

އެސްއެމްއީ ލޯނުތަކަށް އެދުމުގެ ފުރުސަތު 6 ޑިސެމްބަރު 2021 އެސްޑީއެފްސީން މެދުކަނޑާލީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށެވެ.

ލޯނު އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އިން އިސްކަންދޭ ދާއިރާތައް

ޓޫރިޒަމް (ރަށު ފަތުރުވެރިކަން)

ދަނޑުވެރިކަން

މަސްވެރިކަން

އުފެއްދުންތެރިކަމާ ގުޅުންހުރި ވިޔަފާރިތައް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ