logoEN
cocacola
އުތުރާއި މެދުރާއްޖެ ތެރެ ހުދު ސަމާލުގައި!

އުތުރާއި މެދުރާއްޖެ ތެރެ ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

8/19/2024, 5:26:37 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ, ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިއަދުގެ 13:00 ގެ ނިޔަލަށެވެ. އަދި އދ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދުގެ 12:00 ގެ ނިޔަލަށެވެ.

އުތުރާއި މެދު ރާެއްޖެ ތެރޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އދ އިން ފެށިގެން ލ އަށް ނެރުނު ހުދު ސަމާލުގައި ވަނީ 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖެއާށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު މި ހަފްތާގައި ވަރަށް ބޮޑަށް ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ