logoEN
cocacola
ޒުވާނުންގެ އަޑުއަހައި ޖާގަ ދީ އަދި ބާރުވެރި ކުރުވުމަކީ ދިވެހި ސަރުކާރުގެ ތަސައްވުރު: ޝަމްއާން

ޒުވާނުންގެ އަޑުއަހައި ޖާގަ ދީ އަދި ބާރުވެރި ކުރުވުމަކީ ދިވެހި ސަރުކާރުގެ ތަސައްވުރު: ޝަމްއާން

އަހުމަދު ޝުރާއު

logo

8/18/2024, 5:00:12 PM

# ޔޫތު މިނިސްޓްރީ

--

ޒުވާނުންގެ އަޑުއަހައި ޖާގަ ދީ އަދި ބާރުވެރި ކުރުވުމަކީ ދިވެހި ސަރުކާރުގެ ތަސައްވުރު ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްއާން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިއްޔެ ވާޗުއަލް ކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް (ވީއޯޖީއެސްއެސް) ގައި ރާއްޖޭގެ ޔޫތް މިނިސްޓްރީގެ ސްޓޭޓް އަލީ ޝަމްއާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އެއް ތަސައްވުރަކީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދީ، ޒުވާނުންގެ އަޑުއަހާ އަދި ޒުވާނުންނަށް ބާރުވެރި ކުރުވުމުގެ ތަސައްވުރު ކަމަށެވެ.

އެގޮތުން ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރުމަށް ކުޑަ އިންޓަރެސްޓެއްގައި ތައުލީމީ ލޯނު ލިބޭނެ ގޮތް މި ސަރުކާރުން ފަހިކޮށްދީފައި ވާ ކަން ޝައްމާން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ޒުވާނުންގެ އަޑު އަހާ، ސރުކާރުގެ އެކިއެކި ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބަސް ހިމެނުން މުހިންމުކަން ދެކެވަޑައިގެން ދާދި ފަހުން ރައީސް އެކުލަވާލެއްވި 'ޕްރެޒިޑެންޝަލް ޔޫތް އެޑްވައިޒަރީ ބޯޑް' އަކީ ވެސް ޒުވާނުން ބާރުވެރި ކުރުވުމުގައި މި ސަރުކާރުން އިސްކަން ދޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

އިންޑިއާގެ އިސްނެގުމާއެކު ކުރިއަށް ދާ ވީއޯޖީއެސްއެސް ގައި ޝަމްއާން ވަނީ، އިންޑިއާއިން ރިޔާސަތު ބެލެހެއްޓި ނިމިދިޔަ ޖީ20 ގެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ. ޖީ20 ގެެ ސަބަބުން މެމްބަރު ގައުމުތަކަށާއި ޖީ20ގައި ނުހިމެނޭ، ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ވެސް ކާމިޔާބީތަކެއް ލިބިގެން ދިޔަކަން ޝައްމާން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޝައްމާން ވަނީ ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގުޅިގެން އެކުގައި ކުރެވިދާނެ ކަންކަމާ މެދުވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ގްލޯބަލް ސައުތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތް ކޮށް ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ޝައްމާން ގޮވާލެއްވިއެވެ. ހާއްސަކޮށް ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކުގައި ގުޅިގެން ކުރިއަށް ދިޔުމާއެކު، ޒުވާނުންގެ މުސްތަގުބަލަށްޓަކައި އިންވެސްޓް ކުރުމަށް ގޮވާލެއްވިއެވެ.

ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީގައި ޒުވާނުންގެ ހިއްސާ ބޮޑުކޮށް އެފަރާތްތަކަކީވެސް މުޖުތަމައުގެ އެހެން ބައިވެރިންނެކޭ އެއްހަމައެއްގައި ކުރިއަށް ދެވޭނެ ބަޔަކަށް ހެދުމަށް ޝަމްއާން ވަނީ ބާރުއަޅުއްވާފައެވެ.

މި ސަމިޓުގައި ގްލޯބަލް ސައުތަށް ނިސްބަތްވާ، ޔޫތް މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ