logoEN
cocacola
އޮންލައިން ޕްލެޓްފޯމްތަކުގައި ފަންނުވެރިންނަށް ސެލާ އެކައުންޓް ހުޅުވޭގޮތް ހަދައިދީ, ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

އޮންލައިން ޕްލެޓްފޯމްތަކުގައި ފަންނުވެރިންނަށް ސެލާ އެކައުންޓް ހުޅުވޭގޮތް ހަދައިދީ, ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

އަހުމަދު ޝުރާއު

logo

8/13/2024, 6:31:38 AM

# ޔޫތު މިނިސްޓްރީ

--

އޮންލައިން ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ޒުވާނުންނަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދެއްވުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދިވެހީންގެ ރާއްޖޭގެ މެނިފެސްޓޯގައި ޒުވާނުންނަށް ކަނޑައެޅިފައިވާ 32 ސިޔާސަތަކީ، ޒުވާނުންގެ ކުރިމަގު ކަނޑައަޅައިދޭ މަގުޗާޓެއް ކަމަށެވެ.

އެއީ ބޭނުންވާ ދާއިރާ ފާހަގަކޮށް ތިމާގެ ޝައުގާއި ގާބިލްކަންހުރި ދިމަދިމާ ދެނެގަނެ އެއިން ގޮތެއް ނިންމުމަށް އެހީވެދޭ ގައިޑްލައިންތަކެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ކުޅިވަރާއި ކަސްރަތުގެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތައުލީމު ހާސިލުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމަކީ އެއް އަމާޒު ކަމަށެވެ.

މީގެ އިތުރުން ޒަމާނީ އިންތިޒާމުތަކާއި ވަސީލަތްތައް އެކުލެވޭ ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމާއި، ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ހާއްސަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުމަކީ ވެސް އަމާޒެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވައިދިނުމުގެގޮތުން އޮންލައިން ޕްލެޓްފޯމްތަކުގައި ސެލާ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ޒުވާނުންނަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ވެސް އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މި އަގުހުރި ވަގުތުގައި މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް. މިގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދީ އެހީތެރިވާ، އެންމެ ގާތުގައި ހުރި މަދަދުގާރެއް ގޮތުގައި އަޅުގަނޑު އަބަދުވެސް ހުންނާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހި ޒުވާނުންނަކީ އެމީހުންގެ ކަންކަން ހައްލުކުރެވޭ ބާރުވެރި، ކާމިޔާބު ބަޔަކު ކަމުގައި ވުމަކީ އެދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ދިވެހި ޒުވާނުންނަކީ އެމީހުންގެ ކަންކަން ހައްލުކުރެވޭ ބާރުވެރި، ކާމިޔާބު ބަޔަކު ކަމުގައި ވުމަށް. ޒުވާނުންގެ އުންމީދާއި، ހަކަތައާއި،

ތޫނު ވިސްނުމުގެ ހެޔޮ ނަތީޖާއިން ދިވެހި ގައުމަށް އަދަށްވުރެ ފަހި އަބަށް ފެހި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް. އަދުގެ ޒުވާނުންނަކީ މާދަމާ މިގައުމާ ހަވާލުވެ ގައުމު އެދޭގޮތަށް ގައުމާއިގެން ކުރިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ ޒިންމާ އަދާކުރެވޭ ކާމިޔާބު ބަޔަކު ކަމުގައިވުން" މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ