logoEN
cocacola
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ އުތުރުގެ ސަރަހައްދުތަކަށް!

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ އުތުރުގެ ސަރަހައްދުތަކަށް!

އަހުމަދު ޝުރާއު

logo

8/18/2024, 4:52:46 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ގޮސިޔާ

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ ހަނިމާދޫ އަށެވެ. އެގޮތުން ހަނިމާދޫއަށް އިއްޔެ 31.2 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ ފުނަދޫ އަށެވެ. އެގޮތުން އެރަށަށް އިއްޔެ 30.8 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.

އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ހއ ކެލާއަށާއި ހދ މަކުނުދޫ އަށެވެ. އެގޮތުން ކެލައަށް 22.6 މިލިމީޓަރުގެ ވާރޭވެހުނު އިރު މަކުނުދޫއަށް 20.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލު ނެރެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ