logoEN
cocacola
އެމްޕޮކްސް އެފްރިކާ ބައްރުން ބޭރަށް, ސްވެޑެންއިން ފުރަތަމަ ކޭސް ފެނިއްޖެ

އެމްޕޮކްސް އެފްރިކާ ބައްރުން ބޭރަށް, ސްވެޑެންއިން ފުރަތަމަ ކޭސް ފެނިއްޖެ

އަހުމަދު ޝުރާއު

logo

8/15/2024, 4:20:26 PM

# އެމްޕޮކްސް

--

ސްވެޑެންއިން ވައިރަލް އިންފެކްޝަނެއް ކަމަށްވާ އެމްޕޮކްސް ގެ ފުރަތަމަ ކޭސް ފެނިފައިވާކަން އެގައުމުން އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެެގައުމުގެ ހެލްތު އެންޑް ސޯޝަލް އެފެއާޒް މިނިސްޓަރު ޖެކޮބް ފޯސްމެޑް ވިދާޅުވީ، "ސްވިޑަންއިން ސީރިއަސް ވައްތަރެއްގެ އެމްޕޮކްސް ގެ ކޭސްއެއް ފެނިފައިވާކަން މިއަދު މެންދުރުގެ ވަގުތެއްގައި ކަށަވަރުވެފައިވާ" ކަމަށެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ފުރަތަމަ ފެތުރެން ފެށި މި ވައިރަލް އިންފެކްޝަން އެހެން ގައުމުތަކަށް ފެތުރެން ފެށުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ވަނީ ދުނިޔޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މި ބަލި މިއަދާއި ހަމައަށް ފެންނަމުން ދިޔައީ އެފްރިކާ ބައްރުންނެވެ. ނަމަވެސް ސްވެޑެންއިން މިއަދު ފެނުނު ކޭސްއަކީ އެފްރިކާ ބައްރުން ބޭރުން މި ބަލީގެެ މިހާ ވަރުގަދަ ވައްތަރެއް ފެނުނު ފުރަތަމަ ފަހަރެވެ.

ސްވެޑެން ސަރުކާރުން ބުނާގޮތުގައި މި ބަލި ޖެހުނު މީހާއަކީ މިވަގުތު އެމްޕޮކްސް ކްލޭޑް 1 ވަރަށް ބޮޑަށް ފެތުރެމުންދާ އެފްރިކާގެ ސަރަހައްދެއްގައި ހުރުމަށްފަހު ސްވެޑަންއަށް އައި މީހެއް ކަމަށެވެ.

އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަމަށްވެސް އެގައުމުން ވަނީ ބުނެފައި އެވެ.

އެމްޕޮކްސް އަކީ ގައިން ގަޔަށް ފެތުރޭ ބައްޔެކެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެންމެ ފުރަތަަމަ ފެތުރެން ފެށި މި ބަލީގެ އާ ވޭރިއަންޓެއް ފެނިފައިވާއިރު، ޑަބްލިއުއެޗްއޯިން ބުނެފައި ވަނީ އާ ވޭރިއަންޓު ފެތުރޭލެއް މާ ފަސޭހަ ކަމަށެވެ. މި ބަލި ޖެހުމުން އެންމެ ފުރަތަމަ ހުން އައިސް މީހާގެ ވަރުދެރަވެއެވެ. އަދި ފަހުން ގައިން ދިޔަ ހެދޭ ބިހިތަކެއް ނަގައެވެ. މި ބައްޔަކީ ފަރުވާ ދިނުމުން ރަނގަަޅުވާ ބައްޔެއް ނަމަވެސް، ސީރިއަސް ހާލަތްތަކުގައި ފުރާނަައަށް ނުރައްކާވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ