
--
އެފްރިކާ ބައްަރުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ޖެހިފައިވާ މީހަކު ތައިލެންޑުން ފެނިފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފި އެވެ.

ތައިލެންޑަށް މިދިޔަ ހަފުތާގައި ދިޔަ ޔޫރަޕްގެ މީހެއްގެ ގައިން އެމްޕޮކްސް ކޭސްއެއް ފެނިފައިވާ ކަމަށާއި ސްޓްރެއިން ދެނެގަތުމަށް ޓެސްޓުގެ ނަތީޖާގެ އިންތިޒާރުގައި ތިބި ކަން ހާމަކުރެއްވީ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލްގެ ހެޑް ތޮންގްޗައި ކީރަޓިހަޓަޔަކޯން އެވެ.
އޭނާ ވިދާޅުވީ އުމުރުން 66 އަހަރުގެ ބަލި މީހާ ތައިލެންޑަށް އައީ އެފްރިކާގެ ގައުމަކުން އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މި ކޭސްއާ މެދު އަމަލު ކުރަމުން ދަނީ އެމްޕޮކްސްގެ ކްލެޑް 1 ވޭރިއަންޓް ފަދައިން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ތޮންގްޗައި ވިދާޅުވި އެވެ.
ބަލި ޖެހިފައިވާ މީހާ ހޮސްޕިޓަލެއްގައި ކަރަންޓީނުކޮށްފައިވާއިރު ސްޓްރެއިން ދެނެގަތުމަށް އިތުރު ޓެސްޓުތައް ދަނީ ހަދަމުންނެވެ. ތޮންގްޗައި ވިދާޅުވީ އެ މީހާ ތައިލެންޑަށް ފުރުމުގެ ކުރިން ޓްރާންސިޓްކޮށްފައި ވަނީ މެދުއިރުމަތީގެ ގައުމެއްގައި ކަމަށެވެ.
ތައިލެންޑުން 2022 ވަނަ އަހަރުން ފެށިގެން އެމްޕޮކްސް ކްލޭޑް 2 ގެ 800 ކޭސް ފެނިފައިވީ ނަމަވެސް މިހާތަނަށް ކްލޭޑް 1 ނުވަތަ ކްލޭޑް 1ބީ ވޭރިއަންޓްގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ.
އެފްރިކާގައި އެމްޕޮކްސްގެ ކްލޭޑް 1 ނުވަތަ ކްލޭޑް 1ބީގެ ސްޓްރިން ހަލުވި ކަމާއި އެކު ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަނީ ދުނިޔޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
ގުޅުންހުރި

ބިންހެލުމުގައި ބިމާހަމަވި ބެންގްކޮކް އިމާރާތްތަކުގެ ދަށުވެ މަރުވި މީހުންގެ އަދަދު 3 އަށް: 80 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަނީ

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!

ތައިލެންޑުންވެސް އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ

ފިލިޕީންސްއިން އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ
ފަހުގެ

މެޓަރނަލް ހެލްތް މޮޑިއުލް މުރާޖައާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: ނާޒިމް

ޤައުމުގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުން މުހިންމު - ރައީސް

ދީނީ ކަންކަމަށް ސަމާލުކަންދީ ރިވެތި އަޚުލާޤުން ޖަރީވުމަށް އާޒިމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

އައި.ޕީ.ޔޫ. ގެ 150ވަނަ އެސެމްބްލީގައި އަބްދުއްރަހީމް ތަޤްރީރުކުރައްވައިފި

އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފި
