
ރާއްޖޭގެ ފެނުގެ ދާއިރާ ހަރުދަނާކުރުމަށް ތުރުކީއާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
# ރާއްޖެ - ތުރުކީ# އެންވަޔަރަމަންޓް މިނިސްޓްރީ--
ރާއްޖޭގެ ފެނުގެ ދާއިރާ ހަރުދަނާކުރުމަށް ތުރުކީގެ މައި ސިޓީއާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއާއި އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލިޓީއާ ދެމެދު ވަނީ ރާއްޖޭގެ ފެނުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައެވެ.
މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ފެނުގެ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލިޓީއަކީ ފެނުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތަކަށްވާތީ، އެ ފަރާތުގެ ތަޖުރިބާއާއި ހުނަރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފެނުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ފެނުގެ ޚިދުމަތް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މި ދާއިރާއިން ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.
ތުރުކީގެ ފަންނީ ތަޖުރިބާއާއި ހުނަރު ރާއްޖޭގެ ފެނުގެ ދާއިރާއަށް ލިބިގެންދިއުމަކީ މި ދާއިރާގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ގުޅުންހުރި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

ތުރުކީއާއިއެކު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ޕްލާސްޓިކް މަދުކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާއަކަށް ރާއްޖެއިން ތާއީދުކޮށްފި
