logoEN
cocacola
އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެލްއޯސީ, ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން ނިންމައިފި

އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެލްއޯސީ, ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

8/14/2024, 9:55:11 AM

# ފިނޭންސް މިނިސްޓްރީ# ރައްޔިތުންގެ މަޖިލިސް

--

ކުރީ ސަރުކާރުން ގުޅިފަޅު ޕޯޓް އަޅަން ނެގި 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

އެގޮތުން މިއަދުގެ ކޮމެޓީގެ މުގައްަރިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މިދިޔަ ސަރުކާރުގައި ގުޅިފަޅުގައި މައި ވިޔަފާރި ބަނދަރު ހަދަން އިންޑިއާއިން ހޯދި ލައިން އޮފް ކްރިޑިޓް މިހާރު އެކަމަށް ހަރަދުނުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. މިއާއި އެކު އެސުވާލަށް ޖަވާބުދެއްވަމުން އިންޑިއާ އިން ދިން ކްރެޑިޓް ލައިން ނުވަތަ ލޯނަކީ ރަނގަޅު ޝަރުތުތަކަކާ އެކު ލިބިފައިވާ ލޯނެއް ކަމަށާއި އެހެން ކަމުން އެފައިސާ ބޯހިޔާވަހިކަމަށް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެލްއޯސީގެ ދަށުން ލިބިފައިވާ ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވި މި އަހަރު ތެރޭ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް އެ ލޯނުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެހެން ގޮތް ގޮތުން ވެސް ލިބިފައިވާ ފައިނޭންސް ވެސް، ހައުސިން މަޝްރޫއުތަކަށް ހާއްސަކުރުމަށް މިނިސްޓްރީތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިޔާސަތަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައި އެވެ.

މި ސަރުކާރަށް މިހާތަނަށް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ފެއްޓިފައިނުވަނީ ކުރީ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ނިންމަން އިސްކަން ދޭތީ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ