logoEN
cocacola
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު 7 ގައި ފަށަނީ

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު 7 ގައި ފަށަނީ

އަހުމަދު ޝުރާއު

logo

9/17/2024, 10:21:56 AM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރައްވައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮކްޓޫބަރު ހަތް ވަނަ ދުވަހު ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވި އިރު މިވަގުތު މަޖިލިސް އޮތީ ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހު ޗުއްޓީގައެވެ. ދައުރުން ބޭރު މަޖިލީހުގެ ޖަލްސާތަކެއް ބޭއްވީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވުމުންނެވެ.

މިއަދުގެ ޖަލްސާގައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ނިންމުމާއި ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ނިންމުމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީޖީގެ މަގާމަށް ހ. ޔެލޯރޯސް، އައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދީފަ އެވެ. މީގެ އިތުރުން ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މިހާރު ހިނގަމުންދާ ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށެވެ. އެގޮތުން އެ ޕާޓީގައި 75 މެންބަރުން ތިއްބަވައެވެ. މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އިދިކޮޅު އެމްޑީޕީގައި ތިއްބަވަނީ 12 މެންބަރުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ