logoEN
cocacola
އުތުރާއި މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު ދަންމާލައިފި, ދެކުނުގެ އަތޮޅުތަަކަށް ހުދު ސަމާލު!

އުތުރާއި މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު ދަންމާލައިފި, ދެކުނުގެ އަތޮޅުތަަކަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

8/14/2024, 9:14:15 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުމީ ވިއްސާރަ 2024

--

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން މުޅި ރާއްޖެއަށް މޫސުމީ ސަމާލުތައް ނެރެފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގައި ސަރަހައްދުތަކަށް ހެނދުން ފެށިގެން ނެރެފައިވާ ރީނދޫ ސަމާލު ދަންމާލާފައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވަނީ ހުދު ސަމާލު ނެރެފައި އެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށް މިއަދުގެ އިރުއޮއްސި 18:00 ގެ ނިޔަލަށެވެ. އެގޮތުން އެމުއްދަތުގައި އެސަރަހައްދަށް 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް 18:00 ގެ ނިޔަލަށެވެ. އެގޮތުން އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިޔަތް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ