logoEN
cocacola
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ  މެދުރާއްޖެތެރެއަށް!

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މެދުރާއްޖެތެރެއަށް!

އަހުމަދު ޝުރާއު

logo

8/14/2024, 7:28:19 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުމީ ވިއްސާރަ 2024

--

އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މެދު ރާެއްޖެތެރެއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ގޮސިޔާ

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިއްޔެގެ ހެނދުނު 08:00 އިން މިއަދުގެ 08:00 އާއި ހަމައަށް އެކި ސަރަހައްދުތައް ވާރޭވެހިފައިވާ މިންވަރު ދައްކުވައިދޭ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ އަށެވެ. އެގޮތުން މާލެއަށް އިއްޔެ 89.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ ތޮއްޑޫ އަށެވެ. އެގޮތުން އެރަށަށް އިއްޔެ 70.6 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ.

އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށާއި ސ ހިތަދޫ އަށެވެ. އެގޮތުން ހުޅުލެއަށް 63.4 މިލިމީޓަރުގެ ވާރޭވެހުނު އިރު ސ ހިތަދޫއަށް 54.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ރީނދޫ ސަމާލު ނެރެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ