
އުތުރާއި މެދު ރާއްޖެ ތެރެ މިއަދުވެސް ރީނދޫ ސަމާލުގައި!
# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުމީ ވިއްސާރަ 2024--
ރާއްޖެއަށް މޫސުން ގޯސްވެ އުތުރާއި މެދު ރާއްޖެ ތެރެއަށް ނެރެފައިވާ ރީނދޫ ސަމާލު މިއަދުވެސް ދަންމާލައިފި އެވެ.

މޫސުމާއި ބެހޭ ގައުމި އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށެވެ. އެގޮތުން އިންޒާރު ނެރެފައިވަނީ މިއަދުގެ 14:00 ގެ ނިޔަލަށެވެ.
އެ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިޔަތް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.