logoEN
cocacola
ރާއްޖެއަށް މިހަރު ކުރަމުން އަންނަ ވިއްސާރައާއި އެކު މި ހަފްތާގައި ފްލައިޓުތައް ޑިލޭ ވެދާނެ!

ރާއްޖެއަށް މިހަރު ކުރަމުން އަންނަ ވިއްސާރައާއި އެކު މި ހަފްތާގައި ފްލައިޓުތައް ޑިލޭ ވެދާނެ!

އަހުމަދު ޝުރާއު

logo

8/13/2024, 4:48:08 PM

# މޫސުމީ ވިއްސާރަ 2024

ވީއައިއޭ - ގާފު ފޮޓޯ

ރާއްޖެއަށް މިހަރު ކުރަމުން އަންނަ ވިއްސާރައާއި އެކު މި ހަފްތާގައި ފްލައިޓުތައް ޑިލޭ ވެދާނެ ކަމަށް ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެމްއޭސީއެލުން ބުނެފި އެވެ.

ގޮސިޔާ

އެމްއޭސީއެލުން މިއަދު ބުނީ މި ހަފްތާ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ޑިލޭތަކެއް ވެދާނެ ކަމަށާއި އެއާޕޯޓަށް އަންނަ އިރު އެކަމަށް ސަމާލުވެ ރަނގަޅަށް ތައްޔާރު ވާން އެދޭ ކަމަށެވެ. އަދި ކުރިއާލާ ދަތުރުތަކަށް އެއާޕޯޓަށް ދިޔުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު އެތެރޭގެ ބައެއް އުދުހުންތަކުގައި ވެސް ވަނީ ބުރޫތަކެއް އަރާފައި އެވެ. އެގޮތުން މިއަދު އުތުރުގެ އެއާޕޯޓަކަށް ދިޔަ ފްލައިޓެއް ނުޖެއްސިގެން އަނބުރާ މާލެ އައިސްފައި ވެއެވެ.

View post on Twitter

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިޔަތް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް އޮތީ މޫސުމީ ސަމާލުތައް ނެރެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ