
ވިއްސާރައާއި ގުޅިގެން މިހާތަނަށް 20 ރަށަކަށް ގެއްލުންވެފައިވޭ, 12 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަށް!
# މޫސުމީ ވިއްސާރަ 2024# އެންޑީއެމްއޭ--
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ތެރެއިން މާލެ ސަރަހައްދު ވިޔަވާ އެހެން ރަށްތަކުގެ ތެރެއިން ޖުމުލަ 20 ރަށަކަށް ގެއްލުންތައް ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނެފި އެވެ.

އެންޑީއެމްއޭއިން ވަނީ މިރޭގެ 19:00 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހާލަތު ހާމަކޮށް ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން ގެއްލުންތައް ވެގެން އެންޑީއެމްއޭއަށް މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ހއ ގެ 12 ރަށުންނާއި ހދ ގެ 3 ރަށުގެ އިތުރުން އައްޑޫ ސިޓީގެ 3 ރަށަކާއި ކ އަތޮޅުގެ އެއްރަށުންނެވެ.
- ހއ ގެ ރަށްތައް: އުތީމު, އިހަވަންދޫ , ހޯރަފުށި, ކެލާ, ބާރަށް, އުލިގަން , މާރަންދޫ , ތަކަންދޫ , މުރައިދޫ , މޮޅަދޫ , ވަށަފަރި , ފިއްލަދޫ
- ހދ ގެ ރަށްތައް: ނޮޅިވަރަމް, ނޮޅިވަރަމްފަރު , ނެއްލައިިދޫ, ހަނިމާދޫ
- އައްޑޫ ސިޓީގެ ރަށްތައް : ހިތަދޫ, މީދޫ , ފޭދޫ
- ކ ހުރާ
މި ރަށްތަކުގެ ތެރެއިން ބާރަށާއި ކެލާއާއި ހޯރަފުށީގެ އިތުރުން އިހަވަންދޫއިން ބައެއް އާއިލާތައް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. އެގޮތުން ހޯރަފުށިން 6 އާއިލާއެއް އަދި ކެލާ,އިހަވަންދޫ އަދި ބާރަށުން ކޮންމެ ރަށަކުން ދެ އާއިލާ ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާގޮުތުގައި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ ކެލާއަށެވެ. ކެލާއަށް އިއްޔެ ވަނީ ރެކޯޑް މިނިވަރަކަށް ވާރޭވެސް ވެހިފައެވެ. އެގޮތުން އިއްޔެ އެކަނިވެސް އެރަށަށް 231 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ބުނެފައި އެވެ.
ރަށްތަކުގައި ފެންބޮޑުވުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އަދި އެންޑީއެމްއޭއިންވެސް ދަނީ ރަށްތަކުގެ ހާލަތު ގާތުން ބަލަމުންނެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
