
ވިއްސާރައާއި ގުޅިގެން މާލެއިން މިހާތަނަށް 3 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުކޮށްފައިވޭ!
# މޫސުމީ ވިއްސާރަ 2024# އެންޑީއެމްއޭ--
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ތެރެއިން މިއަދު މާލެއަށް ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ގެތަކަށް ފެން ވަނުމާއި ގުޅިގެން މިހާތަނަށް 3 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިހާރު ވަނީ މިރޭގެ 20:00 ގެ ނިޔަލަށް ހާލަތު ހުރި ގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެންވަދެ ގެއްލުން ލިބިގެން މިހާތަނަށް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވަނީ ޖުމުލަ 231 ގެއަކުންނެވެ. އަދި މިރޭ އަށެއް ޖެހުމާ ހަމައަށް 252 އާއިލާއަކުން އެހީއަށް އެދިފައިވާ ކަމަށް ވެސް އެންޑީއެމްއޭން ބުނެއެވެ.
އެއޮތޯރިޓީއިން އިތުރަށް ބުނީ މިހާތަނަށް ތިން އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މާލޭގެ ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ދިވެހި ސިފައިން މިހާރުވެސް އަންނަނީ މަގުތަކަށް ނުކުމެ މަސައްކަތް ކުރަމުންނެވެ. އަދި މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ވެސް އަންނަނީ މަގުތަކުގައި ހަރަކާތްތެރިވާން ފަށާފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިރެއާއި މާދަމާވެސް މާލެ ސަރަހައްދަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
