
ނެދަލޭންޑްސްގެ ފަތުރުވެރިއަކު ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތެކެތި އަތުލައިގެންފި
# މަސްތުވާތަކެތި މައްސަލަ--
ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ ނެދަލޭންޑްސްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއްކަމަށްވާ މަސޭޒާ އެނޯކް ޑައިސޮނަމާއެވެ.
އާދިއްތަ ދުވަހުގެ ރޭ، ދޯހާ މަގުން ރާއްޖެއައި މި މީހާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގު ފެނިފައިވާއިރު، އޭގައި ހަ ރަބަރު ޕެކް އޮތް ކަމަށާއި، އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "methylmethcathinone 2-MMC" އަށް ޕޮޒިޓިވް ވެފައިވާކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވެއެވެ.
މިމީހާ ބުނެފައިވަނީ އޭނާ ރާއްޖެއަށް އައީ ޗުއްޓީހޭދަކުރުމަށް ކަމަށާއި މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ ލަގެޖުކަމަށެވެ. ނަމަވެސް ލަގެޖަށް މަސްތުވާތަކެތި ލާފައިވަނީ އޭނާ ނޫންކަމަށާއި ލަގެޖް ޕެކްކުރި މީހުން ކަމަށާއި އޭނާއަށް އެއީ މަސްތުވާތަކެތިކަން ނޭނގޭކަމަށް، އޭނާއާ ހަވާލާދީ ބަންދު އަމުރު ރިޕޯޓުގައިވެއެވެ.
އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.
ގުޅުންހުރި

72 ބިޔަރު ދަޅާއެކު ބިދޭސީއެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މުލިން މީހަކު ހައްޔަރުކޮށްފި

ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި





