logoEN
cocacola
މިނިސްޓަރ ޒަމީރު, ބަހްރެއިންގެ ވަލީއަހުދާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ޒަމީރު, ބަހްރެއިންގެ ވަލީއަހުދާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/12/2024, 2:50:29 PM

# ރާއްޖެ - ބަހްރައިން

--

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހުރައިންގެ ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

ރަސްމީ ދަތުރުފުޅެއްގައި މިއަދު ބަހުރައިނަށް ވަޑައިގެންނެވި މިނިސްޓަރު ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަހްރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއަށް ރައްދުކޮށްދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެއްވި ސިޓީފުޅު ވަލީއަހުދާއި ހަވާލުކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެއާއި ބަހުރައިނާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވި ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

View post on Twitter

ފޮރިން މިނިސްޓްރީއިން ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި ބަހްރެއިންގެ ޚާރިޖީ ވަޒީރާއެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި މެދު މަޝްވަރާކުރައްވައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަކީ ރާއްޖެއާއި ބަހްރެއިންއާ ދެމެދު ސިޔާސީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ބަހްރެއިން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އެގައުމުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމިކް، މިނިސްޓަރ އޮފް އޮއިލް އެންޑް އެންވަޔަރަންމަންޓް އަދި މިނިސްޓަރ އޮފް ޓުއަރިޒަމް ވެސް ހިމެނިވަޑައިގަންނަވައެވެ.

މިމަހުގެ 11 އިން 15 އަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަހުމަދު ނަސީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ އާއި އެސިސްޓެންޓް ޑިރެކްޓަރު މިޒްނާ ވަހީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ