logoEN
cocacola
މިނިސްޓަރ ޒަމީރު, ބަހްރައިންގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ޒަމީރު, ބަހްރައިންގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/13/2024, 7:42:52 AM

# ފޮރިން މިނިސްޓްރީ# ރާއްޖެ - ބަހްރައިން

--

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު, ބަހްރައިންގެ ފޮރިން މިނިސްޓަރު ޢަބްދުاللهޠިފް ބިން ރާޝިދު އަލް ޒަޔާނީއާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު ފޮރިން މިނިސްޓަރު ޒަމީރު ބަހްރައިންއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބަހްރައިންގެ ވެރިރަށް މަނަމާގައި އެވެ.

ބަހްރެއިންގެ ފޮރިން މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަހްރެއިންއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މައްޗަށް ދެ މިނިސްޓަރުން ބައްލަވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއާއި ބަހްރެއިންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވުމާ ބެހޭގޮތުން ވެސް ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ ޒަމީރު ވަނީ ބަހްރެއިން ގެ ސަރުކާރުން ރާއްޖެއަށް ޒަމާނުއްސުރެ ދެމުން އައި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރާއި ސެކްރެޓަރީ އޮފް ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާއާއި އެސިސްޓެންޓް ޑިރެކްޓަރ މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ