logoEN
cocacola
މިނިސްޓަރު ޒަމީރު, ބަހްރައިންގެ ފިނޭންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ޒަމީރު, ބަހްރައިންގެ ފިނޭންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/13/2024, 9:13:17 AM

# ރާއްޖެ - ބަހްރައިން# ފޮރިން މިނިސްޓްރީ

--

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު , ބަހްރައިންގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމިކް މިނިސްޓަރު އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާ ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު ފޮރިން މިނިސްޓަރު ޒަމީރު ބަހްރައިންއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބަހްރައިންގެ ވެރިރަށް މަނަމާގައި އެވެ.

ބަހްރެއިންގެ ފިނޭންސް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މާލީ އަދި ތަރައްޤީގެ ސިޔާސަތުތަކާއި، ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ބަޙްރެއިނާއެކު އެއްބާރުލުން ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު މިނިސްޓަރު އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާ ޙިއްޞާކުރެއްވި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

View post on Twitter

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރާއި ސެކްރެޓަރީ އޮފް ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާއާއި އެސިސްޓެންޓް ޑިރެކްޓަރ މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ޒަމީރު މިހާރު ބަހްރައިންއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ވަނީ ބަހްރައިންގެ ވަލީއަހުދާއި އެގައުމުގެ ފޮރިން މިނިސްޓަރާއިވެސް ބައްދަލުކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ