
ހައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި ވެމްކޯއިން ބައިވެރިވެއްޖެ
# ވެމްކޯ# ހައްޖު ކޯޕަރޭޝަން--
ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަނުން ބައިވެރިވެއްޖެ އެވެ.

ވެމްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލް އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ މުޙައްމަދު ޝަކީލު އެވެ.
މި ސްކީމްގައި ބައިވެރިވުމުގެ ބޭނުމަކީ ވެމްކޯގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޑިޕެންޑެންޓުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ މަގެއް ހޯދައިދިނުން ކަމުގައި ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ މި ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި އަދަދެއް ކަނޑާނެ ކަމަށެވެ. އަދި މި ސްކީމަށް މުސާރައިން ކަނޑާނެ އަދަދެއް ކަނޑައަޅާނީ މުވައްޒަފަކު އަމިއްލައަށް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ގިނަ ކުންފުނިތަކަކުން ދަނީ ން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމްގައި ބައިވެރިވަމުންނެވެ.
ގުޅުންހުރި

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ





