logoEN
cocacola
އެމްއެންޔޫ އިން ރޮބޮޓިކްސް ވޯކްޝޮޕެއް ބާއްވަނީ

އެމްއެންޔޫ އިން ރޮބޮޓިކްސް ވޯކްޝޮޕެއް ބާއްވަނީ

އަލްފާ އަލީ

logo

8/12/2024, 6:24:00 AM

# އެމްއެންޔޫ

-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނީއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިން 'އިންޓްރޮޑަކްޝަން ޓު ރޮބޮޓިކްސް' ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ގޮސިޔާ

މި ވޯކްޝޮޕަކީ ގުރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަށް ބާއްވާ ވޯކްޝޮޕެކެވެ.

ސޯސަންގޭގާއި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ މަޤްސަދަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރޮބޮޓު އުފެއްދުމާއި ފަރުމާކުރުމުގެ އިތުރުން ރޮބޮޓު ހިންގުމާއި ގުޅޭގޮތުން ކިޔަވާކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ރޮބޮޓިކްސްގެ އަސާސީ މަޢުލުމާތާއި، މައިކްރޯ ކޮންޓްރޯލަރއާއި މައިކްރޯ ޕްރޮސެސަރ، ރޮބޮޓިކް އަލްގޮރިތަމްސް އެން ޔޫސް އޮފް އެންބެޑެޑް ސިސްޓަމްސް، ސެންސާރސް ފަދަ ރޮބޮޓިކްސްއާއި ގުޅުން ހުރި އެތަށް މަޢުލޫއަކާއި ގުޅޭގޮތުން މި ވޯކްޝޮޕްގައި މަޢުލުމާތު ހިއްސާކުރެވިގެންދާނެއެވެ.

17 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 އަކުން މެންދުރު 1 ކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕަގައި ބައިވެރިވުމަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް، ގޫގަލް ފޯމް ފުރިހަމަކުރުމަށްފަހު، މި ވޯކްޝޮޕްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ