މަސްވެރިކަމުގެ ދާއިރާގެ ހަތަރު ކޯހެއްގައި ބައިވެރިވުމަށް އެމްއެންޔޫއިން ހުޅުވާލައިފި
އަހުމަދު ޝުރާއު
8/27/2024, 1:08:16 PM
--
މަސްވެރިކަމުގެ ދާއިރާގެ ހަތަރު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފިއެވެ.
މި އަހަރުގެ ދެވަނަ ޓާމުގައި ގައުމީ ޔުނިވާސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ފެކަލްޓީގައި ފެށުމަށް ހަމަޖެހިފައިވާ ހަތަރު ކޯހަކީ ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިންގ ( ފުލްޓައިމް (ބްލެންޑެޑް) މާލެ،ހދ. ކުޅުދުއްފުށި، ސ. ހިތަދޫ ) އާއި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ( ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން ) އާއި ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް - (ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން) ގެ އިތުރުން ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ( ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން ) އެވެ.
މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ކޯހުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމަށް ގައުމީ ޔުނިވާސިޓީން އެދެއެވެ.
މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން މި ކޯސްތަކުގެ އިތުރުންވެސް ތަފާތު އެކި ޕްރޮގްރާމްތައް ފިޝަރީޒް މިނިސްޓްރީން އަންނަނީ މިހާރުވެސް ކުރަޔަށް ގެންދަމުންނެވެ.